މަސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހޯދުމަށް ސްކޮލާޝިޕްތަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މަސްވެރި ސިނާއަތަށް ބޭނުންވާ ފަންނީ މީހުންނާއި އިދާރީ މީހުން ބިނާކުރުމަކީ އެވުޒާރާގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަސްވެރި ވުޒާރާއިން މި އަހަރު ވަނީ ސްކޯލާޝިޕްތަކެއް ހުޅުވާލާފައެވެ.
ސްކޮލާޝޮޕް ދިން ދާއިރާތައް:
މެރިކަލްޗަރ ސްކޯލަރޝިޕް ދާއިރާއިން:
މާސްޓަރސް އިން މެރިން ބައޮލޮޖީ
ބެޗްލަރ އިން އެކުއަރކަލްޗަރ
ބެޗްލަރ އިން މެރިން ބައޮލޮޖީ
ބެޗްލަރ އިން މެރިން ސައިންސް
ބެޗްލަރ އިން ވެޓެރިނަރީ ސައިންސް
ކޯޕަރޭޓް ސްކޯލަރޝިޕް ދާއިރާއިން:
މާސްޓަރސް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް
ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް
މި ސްކޯލާޝިޕްތަކަށް ނަން ހުށަހެޅި ކުދިންގެ ތެރެއިން ކޯސްތަކަށް ހޮވުނު ނުވަ ކުދިންނަށް މިހާރު ސްކޯލާޝިޕް ހަވާލުކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

