52 ހަފްތާގައި ކުރެވުނު މަސައްކަތުގެ މައްޗަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޮތެއް ނެރެފި

52 ހަފްތާގައި ކުރެވުނު މަސައްކަތުގެ މައްޗަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޮތެއް ނެރެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގުމާއި ހަވާލުވެވަޑައިގެން މުޅިން އަލަށް އުފެއްދެވި ދަނޑުވެރިކާމާއި ދިރޭ ތަކެއްޗާއި ބޭހޭ ވުޒާރާއިން ފާއިތުވެ ދިޔަ އެއް އަހަރު ކުރެވުނު މަސައްކަތަށް އަލި އަޅުވާލާ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިނިސްޓްރީއިން ވަނީ ފޮތެއް ނެރިފައެވެ.

އެ ފޮތް ނެރެދެއްވީ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތި ރަމީލާއެވެ.

މިއަދަށް ސަރުކާރަށް އެއްއަހަރު ފުރުނުއިރު ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ހަފްތާ 14 ގައި ކުރެވުނު މަސައްކަތްތަކާއި، މި ދާއިރާގައި ރާއްޖޭގެ އެކި އެކި ހިސާބުތަކުގައި ކުރެވިފައިވާ މުހިއްމު މަސައްކަތާއި، ބޭރުގެ އެހީގައި ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ހޯދިފައިވާ ކާމިޔާބީތަކުގެ އިތުރުން މިނިސްޓްރީއިން ބާއްވާފައިވާ އެކި އެކި ބައްދަލުވުންތަކާއި ތަފާސް ހިސާބުތައްވެސް ވަނީ ހިމަނަފާއިވެއެވެ.

އެފޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވުނު ޖަނަވާރުންގެ ދުވަހާއި މިއަހަރުގެ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ހިންގުނު ހަރަކާތްތަކައްވެސް ހިމަނާފާވެއެވެ. ހަފްތާ 14 ގެ ދަށުން ޕައިލެޓް ކުރެވުނު ވާރޓިކަލް ފާމިންގެ އިތުރަށް ރާއްޖެއަށް ފުޅާކުރުމަށް މިނިސްޓްރީއިން މިވަގުތު ޕްލޭންކޮށްފައިވާ ގޮތުގެ މައްޗަށްވެސް އަލި އަޅުވާލާފައިވެއެވެ.

އަދި އޭގެ އިތުރުންވެސް "52 ހަފްތާ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ކާމިޔާބީތައް 2024″ ގެ ނަމުގައި ނެރުނު އެފޮތުގައި މިހާރުވެސް މިނިސްޓްރީގެ ބަޖެޓްގައި ހިމެނިގެން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި ކުރިޔަށް ޕްލޭން ކޮށްފައިވާ ބައެއްކަންކަން ހިމަނާފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *