ހެންވޭރު ގެއަކުން ވައްކަން ކުރި ދެ މީހަކަށް 15 ދުވަހުގެ ބަންދެއް

ހެންވޭރު ގެއަކުން ވައްކަން ކުރި ދެ މީހަކަށް 15 ދުވަހުގެ ބަންދެއް

ހެންވޭރު ގެއަކުން ވައްކަން ކުރި މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

މި މީހުން ވައްކަން ކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. މި ދެ މީހުން އެގެއިން ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ އިލެކްޓްރޯނިކްސް ބައެއް ތަކެތި ގެ އެއްގެ ތެރޭގައި ފޮރުވާފައިހުއްޓާ ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން ވިދާޅުވީ ހޯދި ތަކެތީގެ ތެރޭގައި ލެޕްޓޮޕް ތަކަކާއި ޓެބްލެޓް ތަކަކާއި މޮބައިލް ފޯނު ތަކެއްގެ އިތުރުން އެހެނިހެން ތަކެތިވެސް ހިމެނޭ ކަމަށެވެ.

މި މައްސަައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އިބްރާހިމް ޒަކަރިއްޔާ 33އ، އަދި މުހައްމަދު ޒަރީރު 36އ، އެވެ. މި ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *