ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އެއެއްބަސްވުން ހަވާލުކުރީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ.
މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު މި ދެ ފަރާތުން ވަނީ މި ކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށް، އެ ފަހުމުނާމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ ،މި މަޝްރޫޢުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު ޢިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 772 ފުލެޓު ތަރައްޤީކުރެވޭނެކަމަށެވެ. އޭދަފުއްޓަކީ، ރާއްޖޭގައި ތަރައްޤީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން ތަރައްޤީގެ ނާރެހެއްގެ ގޮތުގައި ތަރައްޤީވެގެންދާނޭ ރަށެއް ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ. އަދި މި ހައުސިން ޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުޞަތަކަށް ކަމުގައި ވެސް ވިދާޅުވިއެވެ.
"އޭދަފުށްޓަކީ ވަށައިގެން ރިސޯޓުތައް ގިނަ ރަށަކަށް ވެފައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަށާއި ކައިރި ރިސޯޓުތަކުން ބޯހިޔާވަހިކަމުގެ ފުރުސަތު އެ ރަށުން ފަހިވާނެ," މުއްތަލިބު ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ

