ކޮޕް29 ގައި ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް ތައާރަފްކޮށްފި

ކޮޕް29 ގައި ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް ތައާރަފްކޮށްފި

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވަނީ މިހާރު ކުރިޔަށްދާ ކޮޕް29 ގެ ދިވެހިރާއްޖޭގެ ސައިޑް އިވެންޓްގައި ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް ތައާރަފްކޮށްދެއްވާފައެވެ.

އެ ރޯޑްމެޕްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކުރާނެ މަސައްކަތްތަކުގެ ތަފްސީލު ހިމެނިފައިވެއެވެ.

ވަޒީރު ތޯރިގް ވިދާޅުވީ އެ ރޯޑްމެޕަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮޕް29 ގައި ބޭއްވު29 ގައި ބޭއްވުނުއެ ހާއްސަ އިވެންޓްގައި ރާއްޖޭގެ އެކި ދާއިރާތަކުން ބައިވެރިވި ފަރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވިއެވެ. އެ ރޯޑްމެޕް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ެކޮޕް29ގެ މިއަހަރުގެ ޝިޢާރަކީ "އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް" އެވެ. މި ކޮންފަރެންސަކީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްޤީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ގައުމެއްގެ ހައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *