މަޖިލިސް -

ސިޔާސީ ޕާޓީތައް އެއްލަކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ބިލް ފާސްކޮށްފި

ސިޔާސީ ޕާޓީތައް އެއްލަކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ބިލް ފާސްކޮށްފި

ސިޔާސީ ޕާޓީތަކުން ޤާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ، 100،000 ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. އިސްލާހު ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

މިއަދު މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އިތުރު ކުރި ދެ އިސްލާހު އާއި އެކު، 61 މެމްބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް 10 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މިބިލުގައި އޮތް ގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ

މި އިސްލާހުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުތަކުގައި ވާދަކުރުމާއި ގުޅޭގޮތުން އޮތް މާއްދާ ވަނީ އުނިކޮށްފައެވެ.

މީގެ އިތުރުން, ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން, ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *