މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ދެ މީހަކު ހާޒިރުވުމަށް ފުލުހުން އަންގައިފި

މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ދެ މީހަކު ހާޒިރުވުމަށް ފުލުހުން އަންގައިފި

މަސްތުވާތަކެއްވާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ފުލުހުން ވިދާޅުވީ އެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ދެ މީހުންނަކީ:

  • މާއިސް މުޙައްމަދު، ކ.ކާށިދޫ, ފަޒާ (27އ)
  • އާއިޝަތު ނުހާ، އދ. ކުނބުރުދޫ، މާބަގީޗާގެ (24އ)

ފުލުހުން ވިދާޅުވީ އެ ދެމީހުން ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.

އެހެންކަމުން އެ ދެ މީހުން ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް މި މަހުގެ 20 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް އަންގާ ކަމަށް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *