ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، ސައުތު ޕޮލިސް (ގއ، ގދ، ޏ، ސ)ގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާއި 7 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ ހަތަރުވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަައާ ގުޅިގެން އުމުރުން 56 އަހަރުގެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

ތަފާސްހިސާބުތައް ދަައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ ޖިންސީ ކުށުގެ 280 މައްސަލައެއް ހުށަހަޅައިފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ވަނަވަރު ފުލުހުން އާންމުނުކުރަނީ މިއީ ކުޑަކުއްޖެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށްވާތީ އެ މައުލޫމާތު އާންމުކޮށްފި ނަމަ ކުޑަކުދިންގެ މައުލޫމާތު ހާމަވެދާނެތީއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *