"ސައިބާ އެކްސްޕޯ 2024″ ވެބްސައިޓް ލޯންޗުކޮށްފި

"ސައިބާ އެކްސްޕޯ 2024″ ވެބްސައިޓް ލޯންޗުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާއި ނެޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސައިބާ އެކްސްޕޯ 2024″ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ވެބްސައިޓް ލޯންޗުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ. އެ ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން އަދި އެހެނިހެން ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންނާއި ފުލުހުން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު އިހުސާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސައިބާ ސްޕޭސްގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރާ ހަވާލުވެގެން އައި އިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބާ ތްރެޓްސް އައި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރު ވެސް ވަޒަން ކުރަންޖެހޭ ކަމަށާއި ނެޝަނަލް ލެވެލްގައި މުޅި ސައިބާ ސްޕޭސް މެނޭޖުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ސައިބާ އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 އިން 13 އަށެވެ. އެ އެކްސްޕޯ ވެގެންދާނީ ސައިބާ ސެކިއުރިޓީއަށް ބޭނުންކުރެވޭ ގެޖެޓްސްތަކާއި ސާވިސްތައް އެއްތަނަކުން ބަލާލެވޭނެ އަދި އާއްމުކޮށް ކުރިމަތިވާ ސައިބާ އެޓޭކްތަކާއި އެފަދަ އެޓޭކްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު އެ ދާއިރާގެ ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *