"ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މައުރަޒު އިފްތިތާހުކޮށްފި

"ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މައުރަޒު އިފްތިތާހުކޮށްފި

"ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މައުރަޒް އިފްތިތާހުކޮށްފިއެވެ.

މި މައުރަޒް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

މަޢުރަޒު ހުޅުއްވައިދެއްވުމުގެ ގޮތުން، މަޢުރަޒުގައި ބަހައްޓާފައިވާ ފޮޓޯތައް ހިމެނޭ ކެޓަލޮގެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އަރުވާފައިވެއެވެ. އަދި އެއަށްފަހު ޚާއްޞަ ފޮޓޯއެއް ވަނީ ނަންގަވާފައެވެ. މަޢުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޢުރަޒުގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކުރާ މި މަޢުރަޒަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ.

މި މަހުގެ 12 އިން 17 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ދައްކާލާ ކުރެހުންތަކަކީ، ޢާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުން ހުށަހެޅި ކުރެހުންތަކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *