ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބައްތި ހަރުކޮށް ބޮޑު ސަރަހައްދެއް އަލިކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބައްތި ހަރުކޮށް ބޮޑު ސަރަހައްދެއް އަލިކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މަގު ބައްތިތައް ހަރުކޮށް، ބޮޑު ސަރަހައްދެއް އަލިކޮށްލައިފިއެވެ.

ދެވަނަ ފިޔަވަހީގެ މަގުތަކުގައި މަގުބައްތި ހަރުކޮށް، މަގުތައް އަލިކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކޯޕަރޭޝަންގެ ޓީމުން ފޭސް2 ގައި އިތުރު މަގު ބައްތިތައް ހަރުކޮށް ބޮޑު ސަރަހައްދެއް އަލިކޮށްލާފައިވާ ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދެއް އަލިކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) ވިދާޅުވީ، ދުވަސްތަކެއް ވަންދެން ދެވަނަ ފިޔަވަހީގެ އަޅާ ނުލައި ދޫކޮށްލާފައިވާ މަގު ބައްތިތައް، ރައީސް، ޑރ. މުހައްމަދު މުއިއްޒު ވައުދުވެލެއްވި ގޮތަށް މަސައްކަތް ނިންމަވާދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން ހުސެންބެ ވަނީ އެކަމަށްޓަކައި ރައީސްއަށް ޝުކުރު ދަންނަވާފައެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އަބަދު ވެސް މަސައްކަތް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *