ރައީސް، ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ ރައީސް، ރާމްޗަންދްރަ ޕައުޑެލް އާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް، ނޭޕާލުގެ ރައީސް އާއި ބައްދަކުރައްވާފައިވަނީ އަޒަރުބައިޖާނުގެ ބަކޫގައި މިހާރު ކުރިއަށްދާ ކޮޕް29 ސަމިޓުގެ ހަވާސާ ތެރެއިންނެވެ.
މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ނޭޕާލާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ދެގައުމުގެ ދެމެދުގައި އޮތް ލަނޑުދަނޑިތަައް އިތުރު ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ކޮންފެރެންސް އޮފް ދަ ޕާޓީޒް (ކޮޕް29) އަކީ އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ބާއްވާ ސަމިޓެކެވެ.
ރައީސް ޑރ. މުއިއްޒު އިއްޔެ ވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފައެވެ. ސައުދީގައި އެ ބައްދަލުވުން ބޭއްވިއިރު، ރައީސް ޑރ. މުއިއްޒު އެ ގައުމަށް ވަޑައިގަތީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިހާރު ކުރިއަށްދާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު ވަނީ އެ ސަމިޓްގައި އިއްޔެ ތަގްރީރު ވެސް ކުރައްވައިފައެވެ.

