ކާރެއް ތެރޭ މީހަކު ރަހީނު ކުރި މީހަކު ހައްޔަރުކޮށްފި

ކާރެއް ތެރޭ މީހަކު ރަހީނު ކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނު ކުރި މާލެއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި، އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައާ ގުޅިގެން ތޮލާލް މޫސާ 37އ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ދެ ތިން ދުވަސް ދުވަސް ކުރިންވެސް ހުޅުމާލެ ފޭސް ދޭއްގެ ފްލެޓެއް ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން 12 މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރުވެސް އާއްމުކޮށްފައި ވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *