އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ

އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ

އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ދިވެހި ސަރުކާރުން ހުށަހެޅުމުން އެގައުމުގެ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް މުހިންމު އަދި ބޭނުންތެރި ބައެއް ގައުމުތަކުގައި އިތުރު އެމްބަސީތަކާއި ހައި ކޮމިޝަންތައް ހުޅުވާނެ ކަމަށެވެ.

"މި ފެށޭ އަަހަރު އަޅުގަނޑުމެން އިޓަލީ ވިލާތުގައި އެމްބަސީއެއް ހުޅުވަން މިހާރު ވަނީ ހުއްދަ ލިބިފައި. އަޅުގަނޑުމެން އެކަމަށް ހުށަހަޅައިގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓޫރިޒަމަށް މުހިންމުވީމަ އެކަން ކުރަނީ، ހަމައެގޮތަށް އަޅުގަނޑުމެންގެ ވިޔަފާރިއަށް މުހިންމު އެހެން ވިޔަފާރިތަކަށްވެސް ގައުމަށް ފައިދާހުރި ތަންތަނުގައި އެމްބަސީތަކާއި ހައިކޮމިޝަންތައް ހުޅުވާނެ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވަން ނިންމާފައިވާއިރު، މިއަހަރު ތެރޭގައި ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ވަނީ ހުޅުވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *