ކުވައިތު ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނީ އަލްޙާފިޒް ނަބީހު

ކުވައިތު ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނީ އަލްޙާފިޒް ނަބީހު

ކުވައިތުގައި ބާއްވާ ބައިނަލްއަގްވާމީ ގުރުއާން މުބާރާތެއްކަމަށްވާ 'ކުވައިތު އިންޓަނޭޝަނަލް ޕްރައިޒް އޮފް ދި ހޮލީ ގުރުއާން' ގައި ރާއްޖެ ތަމްސީލްކުރާ އަލްހާފިޒްއަޙްމަދު ނަބީހު އަބްދުލް ޤާދިރުއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ގައުމު ތަމްސީލްކުރުމުގެ ފުރުސަތު ނަބީހަށް ލިބުނީތީ މަރުޙަބާ ދަންނަވާ މުބާރާތުގައި ރަނގަޅު ކާމިޔާބީއަކާއި ހަމައަށް ވާސިލްވުމަށް ހިއްވަރު ދެއްވާފައެވެ.

މި މުބާރާތުގައި ނަބީހު ބައިވެރިވެފައިވަނީ މުޅި ގުރްއާން ހިފްޒުކޮށް ކިޔެވުމުގެ ގޮފީގައެވެ. ނަބީހުގެ އިތުރުން އޭނާގެ ބެލެނިވެރިޔާއާ ވެސް ޑރ. ޝަހީމް ވަނީ ބައްދަލުކުރައްވާ ކާމީޔާބީއަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ނަބީޙުގެ މަންމަގެ އިތުރުން ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ފަރާތުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ކުވައިތު އިންޓަނޭޝަނަލް ޕްރައިޒް އޮފް ދި ހޮލީ ޤުރުއާންގެ މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 13 އިން 20 ގެ ނިޔަލަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *