ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގެ މަގާމަށް އަހުމަދު ނާސިފް އައްޔަން ކޮށްފިއެވެ.
އެޗްޑީސީން ވަނީ ނާސިފް ޗެއާމަން ކަމުގެ މަގާމަށް އައްޔަންކޮށްފައިވާކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ދަންނަވާފައެވެ.
ނާސިފް އެމަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަން ކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ނާސިފް އައްޔަން ކޮށްފައިވާއިރު، އޭނާ ވަނީ 2018 ވަނަ އަހަރުގެ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޒުރޫރެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުން މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

