ޒަކާތު ހައުސްގެ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ ގޮތް ތަޢާރަފްކުރުން. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޒަކާތު ހައުސްގެ ބޭސްފަރުވާގެ އެހީއަށް އެދޭ ޚިދުމަތް "ވަންގަވް" އަށް!

ޒަކާތު ހައުސްގެ ބޭސްފަރުވާގެ އެހީއަށް އެދޭ ޚިދުމަތް "ވަންގަވް" އަށް!

ޒަކާތު ހައުސްއިން ދެމުންދާ ބޭސްފަރުވާގެ އެހީގެ ޚިދުމަތަށް "ވަންގަވް" މެދުވެރިކޮށް އެދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

"ވަންގަވް" އަކީ ދިވެހި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެއް ތަނަކުން ގެނެސްދިނުމަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

އެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ހިދުމަތަކަށް ވެގެންދާނެކަމަށެވެ. އަދި މި ހިދުމަތް ތައާރަފްކުރުމަށް ޒަކާތު ހައުސްގެ މުވައްޒަފުންނާއި ޓްރޭޑްނެޓްގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.

ޒަކާތު ހައުސްގެ ބޭސްފަރުވާގެ ހިދުމަތް ވަންގަވްއަށް ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާ ވެސް އަވަސް ޚިދުމަތެެއް ދިނުމުގެ ބޭނުމުގައެވެ. އެގޮތުން މި ޚިދުމަތާއެކު މިއަދުން ފެށިގެން ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ޒަކާތުގެ ބޭސްފަރުވާގެ އެހީއަށް އެދި ހުށައަޅާ ފޯމުތައް ބަލައިނުގަންނާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *