އެއާޕޯޓު ބޯޑަރުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނުން ހަދިޔާކޮށްފި

އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް މައިގްރޭޝަން (އައިއޯއެމް) އާއި ޖަޕާން ސަރުކާރު ގުޅިގެން ރާއްޖޭގެ ބޯޑަރުތަކުގައި ސިއްހީ ގާބިލްކަން އިތުރުކުރުމުގެ ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސީޕްލޭން ޓާމިނަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލު ކޮށްދެއްވީ ޖަޕާނުގެ ސަފީރު މިދޯރީ އެވެ. ރާއްޖެއިން އެ ތަކެއްޗާ ހަވާލުވެ ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

ސްޓްރެންތެނިން ކެޕޭސިޓީ އޮފް ބޯޑާ ކޮންޓްރޯލް ފޯ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫގެ ސަބަބުން ރާއްޖޭގެ ބޯޑަރުން އެތެރެވާ ޓޫރިސްޓުންގެ ސިއްހީ ރައްކާތެރިކަމާ އެކު ސްކްރީން ކުރުމަށް މަގުފަހިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އެކަކު އަނެކަކާ ދިމާވާނެ ގޮތް މަދުކުރުމާއި މަޑުކުރަންޖެހޭ ވަގުތާއި ތޮއްޖެހުން ވެސް މަދުކުރެވި، ޓޫރިޒަމް ވިޔަފާރީގެ ދަތުރުފަތުރުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *