ފަލާހު، ޔާމީނަށް – ރައީސް މުއިއްޒު ދެ ދައުރު ފުރިހަމަ ކުރައްވާނެ

ފަލާހު، ޔާމީނަށް – ރައީސް މުއިއްޒު ދެ ދައުރު ފުރިހަމަ ކުރައްވާނެ

ރިޔާސީ ދެ ދައުރު ފުރިހަމަ ކުރައްވާނެ ވެރިއަކަށް ވެވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ފަލާހް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފަހަކަށް އައިސް ނަން ބަދަލުކޮށްގެން ޔާމީން ވިދާޅުވެ ދެއްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ވާހަކަތައް ކަމަށެވެ. އަދި ފައިސާގެ ވާހަކައެއް ޔާމީން ވިދާޅުވާ ނަމަ، އެ ވާހަކައިގައި ޔާމީން އުޅުއްވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު އެގޮތަށް ވިދާޅުވުމަށް ފަހު، އޭނާ ވަނީ ޔާމީން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވި އިރު، ދެއްކެވި ވާހަކަފުޅުތަކާއި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާތަކުގައި މިފަހަކަށް އައިސް ދައްކަވާ ވާހަކަތައް ހިމެނޭ ވީޑިއޯ ކްލިޕެއް އާންމު ކުރައްވައިފައެވެ. ޔާމީން ގެންދަވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޑރ. މުއިއްޒަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އަދި އޭގެ ރައްދުގައި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ޔާމީނަށް ރައްދު ދެއްވަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *