ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދަނިކޮށް، ހުއްޓުވައި، އެ ސަފާރީގައި ހުރި ބަނގުރާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، އެ ސަފާރީގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައިފާސްކޮށްފައިވާ ކަމަށެވެ
ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކުރިއިރު 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
މި ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ދެ ދެ މީހުން ގެނައިއިރު، އެ މީހުންނާއި ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

