އިނގިރޭސި ވިލާތާއެކު އިސްތިރާޖީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

އިނގިރޭސި ވިލާތާއެކު އިސްތިރާޖީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ކޮމަންވެލްތާއެކު އިސްތިރާޖީ ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އިނގިރޭސި ވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަން ވެލްސް އެންޑް ޑިވެލޮޕްމެންޓް އެޕާސް ޑޭވިޑް ލަމީ އާއި ބައްދަލުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެއަށް ދެއްވާ އެހީއަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ކޮމަންވެލްތްގެ ދާއިރާގެ ތެރެއިން ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދު އިސްތިރާޖީ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރެއްވި ކަމަށް ހަލީލް ވިދާޅުވެފައިވެއެވެ. އެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރުއެވެ. އަދި ބައްދަލުވުން ބާއްވަނީ މެންބަރު ގައުމުތަކުގެ ތެރެއިން އެކި ފަހަރު އެކި ގައުމުގައެވެ. މި އަހަރަކީ ޕެސިފިކް ސަރަހައްދުގެ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް)ގެ ގައުމެއްގައި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ފައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގެ ޝިއާރަކީ "ވަން ރެސިލިއަންޓް ކޮމަން ފިއުޗާ: ޓްރާންސްފޯމިން އަވާ ކޮމަންވެލްތު" އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *