ޔޫރަޕް-އެފްރިކާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔޫރަޕް-އެފްރިކާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކްރެޑެސަރނޯޑްސުޑް (އެންޖީއޯ) އިން އިންތިޒާމްކޮށްގެން ބޭއްވި ޔޫރަޕް-އެފްރިކާ އިންވެސްޓްމަންޓް ފޯރަމްގެ 14 ވަނަ އެޑިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ ހަތަރި ވަނަ ދުވަހު ބޭއްވި މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީންނެވެ.

މިއީ މި އެންޖީއޯއިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އިންވެސްޓްމަންޓް ފޯރަމެކެވެ. އަދި މި އަހަރުގެ ފޯރަމުގައި އޭޝިއާގެ ބައެއް ގައުމުތަކުން ބައިވެރިވެފައިވެއެވެ. މިގޮތުން ރާއްޖޭގެ އިތުރުން މިޔަންމާ އަދި ވިއެޓްނާމް އިން އެ ގައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް މި ފޯރަމުގެ ބައިވެރިންނަށް ހުށަހަޅާދީފައިވެއެވެ.

ހާރިޖީ ވުޒާރާއިން ވިދާޅުވީ މި ފޯރަމްއަކީ ބެލްޖިއަމް/ޔޫރަޕިއަން -އެފްރިކާގެ ގައުމުތަކުގައި ހުރި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ދޭދޭ ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް އިގްތިސާދު ފުޅާކުރުމަށާއި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މަޝްވަރާކުރެވޭނެ މާހައުލެއް ކަމަށެވެ.

މި ފޯރަމްގައި ރާއްޖެއިން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައިވާ ސަފީރު، ސަފީރު ގީލާ އަލީ ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ދާއިރާތަކާއި ބެހޭ މައުލޫމާތު ދެއްވިއެވެ. އަދި އިންވެސްޓް މޯލްޑިވްސްއިން ހިއްސާކުރައްވާފައިވާ ވީޑިއޯ ޕްރެސެންޓޭޝަންއެއް ވެސް ހުށައަޅުއްވާދެއްވިއެވެ. އަދި މިފޯރަމްގެ ބައިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ކަރުދާހެއް ފޯރުކޮށްދީފައި ވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *