ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ: ރޮއިޓާސް

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރަން ލަފާ ހޯދަން އެމެރިކާގެ ކުންފުންޏެއް

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރަން ލަފާ ހޯދަން އެމެރިކާގެ ކުންފުންޏެއް

ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެން މާލީ ހާލަތު ރަނގަޅު ކުރަން ލަފާ ހޯދަން ސަރުކާރުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސް ކަނޑައަޅައި އެ ކުންފުންޏާ އެކީގައި މަސައްކަތް ކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ސީދާ ވަކި އެއްޗެއް ނުބުނި ނަމަވެސް ދުނިޔޭގެ މަޝްހޫރު ނޫސް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުން އަންނަ ސެންޓަވިއު ކުންފުނި އުފެއްދީ 2006 ގައެވެ. އެ ފާމްގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެއެވެ.

ދަރަނީގެ މައްސަލަ ހައްލުކޮށް، މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން ވަނީ ދާދި ފަހުން ދައްކައިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *