ޝަހީދު ހުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ވަގުތު

ދިޔާ ހަކުރުފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ދިޔާ ހަކުރުފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭގެ މާރުކޭޓުން ދިޔާ ހަކުރުފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ އޭނާ 4 ފުޅި ދިޔާހަކުރު ގެންގުޅުނު ކަމަށާއި، ނަމަވެސް އެއީ ވަަގަަށް ނެގި އެއްޗެއް ނޫން ކަމަށާއި، ބަޔަކު ނަގާފައި ތަނެއްގައި ބަހައްޓާފައި ހުއްޓާ އޭނާއަށް ފެނިގެން އެ ފުޅިތައް ނެގީ ކަމަށެެވެ.

އޭނާ ސީންގައި ތިބި ފުލުހުންގެ ގާތުގައި ބުނެފައި ވަނީ އެއީ ޕިކަޕެއްގެ ދަށުން އޭނާ ނެގި 4 ފުޅި ދިޔާހަކުރު ކަަމަށެވެ.

ފުލުހުން ކޯޓުގައި ބުނީ މާރުކޭޓުގެ ގޮޅިއަކުން 4 ފުޅި ދިޔާހަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަަމަށެވެ.

އޭނާގެ ބަންދަށް މިއަދު ކޯޓުން ދީފައި ވަނީ 15 ދުވަހެެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *