ސަރުކާރުގެ މައި ހޮސްޕިޓަލުގައި ގާއިމް ކުރި ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރު ބޭނުން ކުރަން ފަށައިފިއެވެ.
މިތަން ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް11)ގައެވެ.
އައިޖީއެމްއެޗްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކެތު ލެބެއްވެސް ހިމެނޭ ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރު އެ ހޮސްޕިޓަލްގައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި މި އެޑްވާންސް ފެސިލިޓީގެ ސަބަބުން ނާރުގެ އޮޕަރޭޝަންތަކާއި، ހިތުގެ އޮޕަރޭޝަންތަކުގެ އިތުރުން އަދި ބެދިފައި ހުންނަ ؛ލޭ ހޮޅިތައް ރަނގަޅު ކުރުމުގެ ޕްރޮސީޖާތައް ހެދޭނެެއެވެ.
އަދި މިއީ ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖެއަށް ލިބުންކަންވެސް އެ ޕޯސްޓްގައި ވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ އެތަނުގެ ބޭނުން ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އެ ހޮސްޕިޓަލުގައި އާދައިގެ ހަތަރު އޮޕަރޭޝަން ތިއޭޓަރެއް އަދި ހައިބްރިޑް ތިއޭޓަރެއް ގާއިމްކޮށްފައި ވެއެވެ.
އޭގެ ތެރެއިން އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފެށީ ކޮވިޑްގެ ބަލި މަޑުކަމުގެ ތެރޭގައެވެ

