ސްޕޯޓްސް ކާރު އެކްސިޑެންޓު މައްސަލައިގައި 3 މީހެއްގެ މައްޗަށް 11 ދައުވާ!

ސްޕޯޓްސް ކާރު އެކްސިޑެންޓު މައްސަލައިގައި 3 މީހެއްގެ މައްޗަށް 11 ދައުވާ!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުލައި މަހުގެ 21 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސްޕޯޓްސް ކާރު ދުއްވަން އިން ޑްރައިވަރު ހިމެނޭހެން 3 މީހެއްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކޮށްފިއެވެ

މި މައްސަލައިިގައި ދައުލަތުން ދައުވާ ކުރަނީ:

  • މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމް
  • ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނު
  • ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލްގެ މައްޗަށެވެ.

މި ތިންމީހުންގެ ތެރެއިން އިކުރާމުއްރަހުމާނާއި ޖިނާހު އިސްމާއިލްއަކީ އެކްސިޑެންޓުވި ވަގުތު ސްޕޯޓްސް ކާރުގައި ތިބި ދެމީހުންނެވެ. މި މީހުންގެ ތެރެއިން އިބްރާހިމް އިކުރާމުގެ މައްޗަށް ދައުލަތުން 6 ދައުވާކުރެއެވެ. އޭނާގެ މައްޗަށް ކުރަނީ:

  • އަނިޔާއެއް ދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރި ކަމަކުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ދައުވާ
  • މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއް
  • އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ
  • އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ.

އިކްރާމުއްރަހްމާންގެ މައްޗަށް ކުރަނީ:

  • އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ
  • އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ
  • ހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ
  • ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.

ހަމައެއާކު ޖިނާހުގެ މައްޗަށް ދައުލަތުން ކުރަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެކެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *