އިސްލާމީ މަރުކަޒު --

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަ ކުރަން ކައުންޓްޑައުން ފަށަައިފި

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަ ކުރަން ކައުންޓްޑައުން ފަށަައިފި

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަ ކުރަން ކައުންޓްޑައުން (ގުނާނު) ފަށަައިފިއެވެ.

ކޮންމެ އަހަރެއވްެސް ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަސް ފާހަގަކުރެވެނީ ރާއްޖެ އިސްލާމް ވީ ދުވަހުގެ ގޮތުގައެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި، މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރީ ރާއްޖެ އިސްލާމްވިތާ 898 އަހަރުގެ ފުރުމުގެ މުނާސަބާ ކަމަށްވާތީ، ރަައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ރާއްޖެ އިސްލާމް ވުމަށް 900 އަހަރު ފުރުން ފާހަގަ ކުރެއްވުމަށާއި، އަދި އެކަން ފާހަގަކުރުމަށް މި އަހަރުގެ އޮކްޓޯބަރު ފަސް ވަނަ ދުވަހުން ފެށިގެން ގުނާނައެއް ފެށުމަށް ކަަމަށެވެ.

މިގޮތުން ރާއްޖެ އިސްލާމް ވުމަށް 900 އަހަރު ފުރުމުގެ ގުނާނު ނުވަތަ ކައުންޓްޑަައުން ވަނީ އޮކްޓޯބަރު ފަހެއްގައި ފަށައިފައެވެ.

ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފަށައިފައިވާކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮތީ މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައި ހިޖުރައިން 1374 ވަނަ އަހަރެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *