އިންޑިއާއަށް ކުރެއްވި ފުރާމަނަ ދަތުރުފުޅު ނިންމަވާލެއްުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފިއެވެ
މިދިޔަ އާދީއްތަ ދުވަހު ރައީސް މުއިއްޒު ފުރާވަޑައިގަތީ އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ މަތިންދާ ބޯޓެއްގައެވެ.
އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެރިވެވަޑައިގެންނެވިއިރު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައި ވެސް ވެއެވެ. އަދި އެއްބަސްވުންތަކުގައި ސޮއިވެސް ކުރައްވާފައި ވެއެވެ.
އޭގެ އިތުރުން އިންޑިއާގެ އިންވެސްޓަރުންނާއެކު ހާއްސަ ފޯރަމްތަކާއި، ބައްދަލުވުންތައްވެސް ބާއްވާފައި ވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ނިއުދިއްލީ، މުމްބާއީ، އަދި ބެންގަލޫރަށް ވަޑައިގެންނެވިއެެވެ. އަދި ދިއްލީ އާއި ބެންގަލޫރްގައި ދިރިއުޅޭ ދިވެހިންނާއިވެސް ބައްދަލު ކުރައްވާފައި ވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާއިވެސް ބައްދަލު ކުރެއްވިއިރު، މަޝްވަރާތަކެއްވެސް ކުރެއްވިއެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އިންޑިއާގެ ސަރުކާރުގެ ހާއްސަ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރު ވަރަށް ކާމިޔާބު ކަމަށާއި ދަތުރުން ބެނުންވި ނަތީޖާ ނެރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހީން ރާއްޖޭން ބޭރުގެ ގައުމުތަކަށް ދަނީ އެކިއެކި ބޭނުންތަކަށް ކަމަށާއި ދިވެހީން އިންޑިއާއަށް އަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާގެ ކަންކަމާއި ތައުލީމީ ކަންކަމުގެ އިތުރުން ވިޔަފާރީގެ ބޭނުންތަކަށް ކަމަށެވެ. މިކަހަލަ އެއްވެސް ކަމެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ބޭފުޅުން، ރާއްޖޭގެ ސަރުކާރުގައި އެކަންކަމަށް އެދިގެން އިންޑިއާ ސަރުކާރަށް އަންގައިގެން އެކަންކަން ފަހިކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދަތުރުގެ ފަހު ދުވަހާ ހަމައަށް އާދެވިފައިވާއިރު، މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި ހާސިލު ކުރަން ބޭނުންވި ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

