ރައީސް ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

ނަތީޖާ ނެރެދެވޭ މީހަކަށް ވުމުގައި ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ – ރައީސް

ނަތީޖާ ނެރެދެވޭ މީހަކަށް ވުމުގައި ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ – ރައީސް

ނަތީޖާ ނެރެދެވޭ އުފެއްދުންތެރި މީހަކަށް ވުުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ދެއްވި މެސެޖުގައި ވިދާޅުވީ ސަލާމަތް ސިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމަށެވެ.

"ސަލާމަތް ސިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަމެވެ. އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދެވޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ނަފްސާނީ ސުޅަހެޔޮކަމަށް ސަމާލުކަމެއް ދެމާތޯ!" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދެވޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމެވެ. މިކަމަށް ރިޢާޔަތްކޮށް، ރައްޔިތުންނަށް ގޮވާލައްވާފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ސަމާލުކަމެއް ދިނުމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *