ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ގާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވަނީ ފަރުމަހުގެ ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމެއް ތައާރަފުކޮށްފިއެވެ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒަރާއިން ވިދާޅުވީ މި އާ ނިޒާމުގެ ދަށުން، އެކްސްޕޯޓުކުރެވޭ ކޮންމެ ފަރުމަހުގެ ޝިޕްމަންޓަކާއެކު މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮތުން ލާޒިމުކުރެވޭނެ ކަމަށެވެ. އަދި މި ސެޓުފިކެޓުގައި މަސް ބާނައިފައިވާ އުޅަނދުގެ މަޢުލޫމާތު، މަސް ބޭނި ތާރީޚު އަދި މަސް ޕްރޮސެސްކުރި ފަރާތުގެ މަޢުލޫމާތު ހިމެނޭނެއެވެ.
މި ނިޒާމުގެ ސަބަބުން މަސް ބޭނީއްސުރެ ގަންނަ ފަރާތަށް ފޯރުކޮށްދެވެންދެން މަހުގެ އުފެއްދުންތައް ކަޑައްތުކުރާ މަރުޙަލާތައް ދެނެގަތުމަށް (ޓްރޭސަބިލިޓީ) ފަސޭހަވެގެންދާނެ ކަމަށް އެ މިނިސްޓްރީއިން ހާމަ ކުރެއެވެ.
މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ނިޒާމަކީ ގާނޫނާ ޚިލާފަށް، ރިޕޯޓުކުރުމެއް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން (އައި.ޔޫ.ޔޫ) ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަމާޒުކޮށް އައު ޕްލޭނެއް މަސްވރިކަމާ ކަނަޑުގެ ވަސީލަތްތަކާއި ބެހޭ ވުޒަރާއިނއެކުލަވާލައިފައިވެއެވެ.
ފަރުމަސްވެރިކަމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ކުރަމުން އަންނަ މަސައްކަތެކެވެ. ނަމަވެސް ވޭތުވެ ދިޔަ ސަރުކާރުތަކުން މި ކަމަށް ސަމާލު ކަން ނުދީ އޮތުމުގެ ސަބަބުން ފަރުމަސް ވެރިންނަށް ވަނީ އާމްދަނީ ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައެވެ. ނަމަވެސް މި ސަރުކާރުން ކަނޑު މަސްވެރިންނެކޭ ފަރުމަސްވެރިންނެކޭ އެއްވެސް ތަފާތެއް ނުކޮށް ދަނީ ހުރިހާ ބާވަތެއްގެ މަސްވެރިންނަށް ލާބައާއި، މަންފާ ލިބެނިވި ގޮތަކަށް މަސައްކަތް ކޮށްދެއްވަމުންނެވެ.
މި ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންނައް ދެނެގަނެ މަސްވެރިންގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ހޯދައިދެމުންނެވެ.ﷲަރު

