ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިޔާގެ ރައީސް ދުރޫޕަދީ މުރްމޫއާ ބައްދަލުކުރައްވައިފިއެވެ
ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެކަމަނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްއާއެކު މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް މުއިއްޒު ފުރާވަޑައިގަތީ އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ މަތިންދާ ބޯޓެއްގައެވެ.
އިއްޔެ އެމަނިކުފާނު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެރިވެވަޑައިގެންނެވިއިރު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް މިއަދު ބާއްވަވާފައި ވެސް ވެއެވެ.
އޭގެ އިތުރުން އިންޑިއާގެ އިންވެސްޓަރުންނާއެކު ރޭ ހާއްސަ ފޯރަމެއްވެސް ބާއްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ރާއްޖެއާ އިންޑިއާގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލާއި އިތުރު ވަޒީރުންވެސް ހިމެނިވަޑައިގަންނަވައެެވެ.

