އިންޑިއާގެ ނައިބް ރައީސް، ރައީސް ޑރ. މުއިއްޒާއި ބައްދަލު ކުރެއްވުން: ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ނައިބް ރައީސް، ރައީސް ޑރ. މުއިއްޒާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ނައިބް ރައީސް، ރައީސް ޑރ. މުއިއްޒާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު ނިއުދިއްލީގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ނައިބް ރައީސް ބައްދަލު ކުރެއްވިއިރު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ހިމެނިވަޑައިގަންނަވައެެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ރައީސް ޑރ. މުއިއްޒު އިއްޔެ ހަވީރު އިންޑިއާއަށް ވަޑައިގެންފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް އިއްޔެ ބާއްވަވާފައި ވެސް ވެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް މުއިއްޒު ފުރާވަޑައިގަތީ އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ މަތިންދާ ބޯޓެއްގައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *