ރައީސް ޑރ. މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ވަޑައިގަތުމަށް ރައީސް، މޯދީއަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައިފި

ރާއްޖެ ވަޑައިގަތުމަށް ރައީސް، މޯދީއަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައިފި

ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މޯދީއަށް ދެއްވި ދައުވަތު ދައުވަތު ގަބޫލުފުޅު ކުރައްވާފައިވާ ކަަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެއްޖެއެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ.

"އަޅުގަނޑު އުފަލާއެކު ބޮޑުވަޒީރު މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އަރުވަން. އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މި ދަތުރުފުޅު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން.". މޯދީގެ ރަސްމީ ގެކޮޅު ހައިދްރައާބާދު ހައުސްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރަައީސް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، ރާއްޖެ ވަޑައިގަތުމުގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވާފައިވާ ކަަމަށެވެ.

މިއަދުގެ ބައްްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ގައުމުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *