ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި އިއްޔެ ބައްދަލު ކުރައްވައިފިއެވެ
ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ މި ދަތުރުފުޅެކެވެ.
ރައީސް މިއަދު ހަވީރު ދިއްލީއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ވަޑައިގެންނެވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނު މަހާވަރް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، ރާއްޖެއިން އިންޑިއަައަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރްއާ ބައްދަލު ކުރައްވާ، އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅާއި ގުޅިގެން މަރުހަބާ ދެންނެވި ކަަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
Pleased to call on President @MMuizzu today at the start of his State Visit to India.
Appreciate his commitment to enhance 🇮🇳 🇲🇻 relationship. Confident that his talks with PM @narendramodi tomorrow will give a new impetus to our friendly ties. pic.twitter.com/UwDjnCZ0t6
— Dr. S. Jaishankar (@DrSJaishankar) October 6, 2024
މި ބައްދަލުކުރެއްވުމަށް ފަހު ޖައިޝަންކަރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ ގުޅުން ބަދަހި ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

