ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ
ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ރަށްތައް އާންމު ކޮށްފައިވާއިރު، ދިއްފުއްޓަށް ފާއިތުވި 24 ގަޑިއިރު 54.2 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ކާޑެއްދުއަށެވެ. އެއީ 49.9 މިލިމީޓަރުގެ ވާރޭއެވެ.
ތިންވަނައަށް އދ. މާމިގިއްޔަށް ވާރޭ ވެހިފައިވާއިރު، ހަތަރުވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ބުނެފައިވަނީ އއ. ތޮއްޑޫއަށެވެ. މާމިގިއްޔަށް 49.5 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ތޮއްޑޫއަށް ވެހިފައިވަނީ 48.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:
- ކ. ދިއްފުށި – 54.2 މިލިމީޓަރު
- ގދ. ކާޑެއްދޫ – 49.9 މިލިމީޓަރު
- އދ. މާމިގިލި – 49.5 މިލިމީޓަރު
- އއ. ތޮއްޑޫ – 48.8 މިލިމީޓަރު
- ރ. އިފުރު – 47.5 މިލިމީޓަރު
- ގދ. ފަރެސްމާތޮޑާ – 37.9 މިލިމީޓަރު
- ކ. މާލެ – 31.1 މިލިމީޓަރު
މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު މެޓުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 7:45 އިން 13:45 އަށެވެ.
ހުދު ސަމާލުގައި ބުނެފައިވަނީ މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

