ބިދޭސީންތަކަކަށް ތޫނުއެއްޗަކުން ބިރު ދައްކައި ފޭރުނު މީހުންގެ ބަންދަށް 15 ދުވަސް

ބިދޭސީންތަކަކަށް ތޫނުއެއްޗަކުން ބިރު ދައްކައި ފޭރުނު މީހުންގެ ބަންދަށް 15 ދުވަސް

ބިދޭސީންތަކަކެއްގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރީ ސ. ހިތަދޫ، އަތިރީއާގެ، އަހުމަދު ސިވާތް (37އ) އާއި ސ. ހިތަދޫ، ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37އ) އެވެ. އެމީހުން ހައްޔަރުކޮށް ފޭރުނު ފައިސާ ހޯދާފައިވާއިރު، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ބަންދުގެ މުއްދަތު ހަމަވުމުން ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ އެމީހުން ކޯޓަށް ހާޒިރުކޮށްފައެވެ. ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އެމީހުންގެ ބަންދަށް އަނެއްކާވެސް އިތުރު 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ އެމީހުން ބިރުދައްކާފައިވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށެވެ. އެގޮތުން ވަޅިން ބިރުދައްކައި، ލާރީ ނުދީފިނަމަ، އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކައިގެން ދެ ބިދޭސީއެއްގެ ވޮލެޓްގައި ހުރި ފައިސާ ފޭރިގެންފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *