މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ރޭ މާލޭގެ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ކަމަށެވެ.
މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 22:01 ހާއިރުއެވެ.
މި ހަމަލާ އަމާޒު ވެފައި ވަނީ ދިވެހި ފިރިހެކަށެވެ. އެމީހާ ޒަޚަމްކޮށްލުމުން އެވަގުތު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.
އެމީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.މ

