އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އައު ޕްލޭނެއް އެކުލަވާލައިފި

އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އައު ޕްލޭނެއް އެކުލަވާލައިފި

އިހީގެ މަސްވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކުރުމަށް އައު ޕްލޭނެއް އެކުލަވާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު 4 އަމާޒެއް ހާސިލުކުރުމަށް ކަމަށާއި، ފުރަތަމަ އަމާޒަކީ، ދިވެހިރާއްޖޭގައި ކުރެވޭ އިހީގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް އިކޯސިސްޓަމް-ބޭސްޑް މެނޭޖްމަންޓާއި، ޕްރިކޯޝަނަރީ އެޕްރޯޗް އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބެލެހެއްޓުމުގެ އުސޫލުތަކާ އެއްގޮތަށް ހިންގާކަން ކަށަވަރުކުރުން ކަމުގައެވެ.

ދެވަނަ އަމާޒަކީ، އިހީގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭ ޙަޔަވީ، އިޖްތިމާޢީ އަދި އިޤުތިޞާދީ މަޢުލޫމާތަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުން ކަމުގައި އެ ވުޒާރާއިން ނެރުނު ބަރާނުގައި ބުނެފައިވެއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނުގައި ތިންވަނަ އަމާޒަކީ، އިހީގެ މަސްވެރިކަމާއި ވިޔަފާރި މޮނިޓަރކުރުމާއި، ކޮންޓްރޯލް ކުރުމާއި، ސަރވޭލަންސްއާ ބެހޭ ނިޒާމު ތަންފީޛުކޮށް، މި މަސްވެރިކަމުގެ މަޢުލޫމާތު އެއްކުރުމާއި، ރިޕޯޓްކުރުން ހަރުދަނާކުރުން ކަމުގައި ވިދާޅުވެފައިވެއެވެ.

ހަތަރުވަނަ އަމާޒަކީ، މަޞްލަޙަތުވެރިންނާއި އާންމުންގެ މެދުގައި އިހީގެ ބާވަތްތަކާއި އިހީގެ މަސްވެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުން ކަމުގައި އެ ވުޒާރާއިން ވަނީ ވިދާޅުވެފަައެވެ.

މި ޕްލޭން ފަރުމާކޮށްފައިވަނީ މި އަމާޒުތަކަށް ވާސިލުވުމަށް އެކުލަވައިލައިފައިވާ އިސްތިރާޖުތަކާއި ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، މި ޕްލޭން ތަންފީޛުކުރު ކުރުމުން، ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން އިތުރަށް ތަރައްޤީވެ، ދެމެހެއްޓެނިވި ގޮތެއްގައި މި ވަސީލަތް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *