ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލަ ބަލަން ފަށައިފި

ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލަ ބަލަން ފަށައިފި

ނުރައްކާތެރިކޮށް ދެ ލޯންޗު ރޭސް ޖަހާ ކަހަަލަ ގޮތަކަށް ދުއްވި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

މިމައްސަލަ ބަލަން ފަށާފައިވަނީ މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯޯގައި ދެ ލޯންޗެއް ނުރައްކާތެރިކޮށް ދުއްވި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި ދައުރުވަމުންދާ ވީޑިއޯ އިން ފެނިގެންދާ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އއ.އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން ވަނީ އެނގިފައެވެ.

މީސް މީޑިއާޣައި ދައުރުވަމުންދާ ވީޑިއޯއިން ފެނިގެންދަނީ "ނަސްރު" ނަމަކަށް ކިޔާ ލޯންޗަކާއި "ރިލެކްސް ގޯލްޑު" ނަމަކަށް ކިޔާ ލޯންޗެއް ރޭސް ޖަހާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާ މަންޒަރެވެ. މި ދެލޯންޗުގެ ފަހަތުން "ރަމްޒު ކުއީން" ނަމަކަށް ކިޔާ ލޯންޗެއް ވެސް ނެރުން ވަދެގެން އައިތަން ވީޑިއޯ އިން ފެނެއެވެ.

މިމައްސަލަ ބަލަން ފަށާފައިވީނަމަވެސް، މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *