ޝަހީދު ހުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ވަގުތު

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ފޮޓޯ މުބާރާތެއް

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ފޮޓޯ މުބާރާތެއް

މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއިން ބުނީ "އިސްލާމީ ރަމްޒުތަކުގެ ފޮޓޯ މުބާރާތް 1446″ މިނަމުގައި، މުޅި ރާއްޖެއަށް ހުޅުވާލައިގެން 12 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ

މި މުބާރާތުގައި ފޮޓޯ ބައިވެރި ކުރެވޭނީ ތިން ދާއިރާއަކުންނެވެ. އެއީ ދިވެހި އިސްލާމީ އަސާރުތަކާއި ބިނާތަކާއި، ދިވެހި އިސްލާމީ މުނާސަބަތުތަކާއި، ދިވެހި އިސްލާމީ ލިޔުންތަކާއި ފަރުމާ ކުރެހުންތަކަށެވެ. މި މުބާރާތު ގިންތިކޮށްފައި ވަނީ އުމުރުން 12-15އ، 16-30އ، އަދި 30 އަހަރުން މައްޗަށެވެ.

ޕްރޮފެޝަނަލް ފޮޓޯގްރާފަރުން ނޫނަސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނައިރު، މުޅި މުބާރާތުން އެއް ވަނަ ހޮވޭ މީހަކަށް ރިސޯޓް ދަތުރެއް ދޭނެއެވެ. އަދި ކޮންމެ ގިންތިއަކުން 1،2،3 ހޮވާ އެ މީހުންނަށް ހަނދާނީ ރަމްޒު އަރުވާނެއެވެ. އަދި ވަނަވަނައަށް ހޮވޭ ފޮޓޯތައް ގައުމީ ދާރުލް އާސާރުގައި ނުވަތަ އެ އޮފީހުން ކަނޑައަޅާ ތަނެއްގައި އެއް ހަފްތާއެއްގެ މުއްދަތަކަށް މައުރަޒު ކުރުމަށް ހަމަޖެހިފައި ވެއެވެ.

މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯ ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ ފަސް ވަނަ ދުވަހުން އޮކްޓޯބަރު 10 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *