އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލު ކުރައްވައިފިއެވެ
ފާއިތުވި ދުވަސްތަކުގައި އދ.އަށް ޒިޔާރަތް ކުރެއްވުމަކީ ލިބުނު ޝަރަފެއްކަން ފާހަގަކުރައްވަމުން ޝާހިދު އެކްސްގައި ވިދާޅުވީ، އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނާއެކު އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު އދ.ގެ ވެރިޔާއާ ހިއްސާ ކުރައްވަން ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ.
މީގެ ކުރިން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުވެސް އަދާ ކުރެއްވި ޝާހިދު އދ. އަށް ކުރެއްވި ޒިޔާރަތުގައި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު އަލީ ނަސީރު މުހައްމަދު (އަލިނީ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

