ހުޅުމާލެ ފޭސް ދޭއް އިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ގަތުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ
އެޗްޑިީސީން ވިދާޅުވީ، ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ އިންޓަގްރޭޓެޑް ހަބް"ގެ ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަަރަހައްދުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ، 3,689އަކަފޫޓާއި 3,746އަކަފޫޓާ ދެމެދުގެ 12 ބިމެކެވެ.
މިގޮތުން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ 18 ފުރިފައިވާ ދިވެހިން ރައްޔިތުންނަށާއި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
ބީލަން ފެށޭ އަގަކީ 7،500ރ އެވެ. އެޗްޑީސީން ވިދާޅުވީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިންގަތުމަށް އެދި އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

