އިނގިރޭސިވިލާތުން ދާހިލީ ވުޒާރާއަށް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފިއެވެ.
ދާހިލީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި އިނގިރޭސި ހައިކޮމިޝަނުން އަލީނިއާ އިންޓަނޭޝަނަލްއާ ގުޅިގެން ކްރައިސިސް ކޮމިއުނިކޭޝަން އެންޑް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް އެމިނިސްޓްރީއަށް ވަނީ ފޯރުކޮށްދީފައި ކަމަށެވެ.
އެ ތަކެއްޗާއި ދާހިލީ ވުޒާރާގެ ފަރާތުން ހަވާލުވަޑައިގެންނެވީ ވަޒީރު އަލީ އިހުސާނެވެ.
އެ ޓޫލްކިޓަކީ ކްރައިސިސްތައް ފައިދާހުރި ގޮތެއްގައި މެނޭޖްކުރުމުގެ ގާބިލްކަން މިނިސްޓްރީގެ ކިބައިގައި އިތުރުކޮށް، ސާފު މުއާސަލާތު ކަށަވަރުކޮށްދީ، ކުއްލި ހާލަތްތަކުގައި ރައްދުދިނުމުގެ ސްޓްރެޓެޖީތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ޓޫލްކިޓެއް ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ކިޓަކީ ދާހިލީ ވުޒާރާއިން ބޭއްވި ތަމްރީން ބައްދަލުވުންތަކުގައި ބައިވެރިންގެ ލިބުނު މައުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ވެސް ވިދާޅުވެއެވެ..
އެ ވުޒާރާއިން ވިދާޅުވީ އެ ޓޫލްކިޓަކީ ވުޒާރާގެ ދަށުގައިވާ ހުރިހާ މުއައްސަސާތަކަށް ބޭނުންކުރެވޭ ގޮތަށް ކަސްޓަމައިޒްކޮށްފައިވާ ޓޫލްތަކެއް ކަމަށެވެ.

