ޒުވާނުންގެ އެވޯޑު ހަފްލާ މިމަހު 22 ގައި

ޒުވާނުންގެ އެވޯޑު ހަފްލާ މިމަހު 22 ގައި

ޒުވާނުންގެ އެވޯޑް ހަފްލާ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓްރީ އިން ހާމަކޮށްފިއެވެ

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. ގައުމީ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ މި އެވޯޑް ހަފްލާގައި މިފަހަރު 17 ދާއިރާ އަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާ:

  1. ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
  2. ފަންނިއްޔާތު ދާއިރާ
  3. ކުޅިވަރުގެ ދާއިރާއިން އާދަޔާ ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
  4. ދިވެހި ބަސް ދިރުވުމަށް މަސައްކަތްކުރުން
  5. ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  6. ވިޔަފާރިއާއި އިޤްތިސާދް
  7. ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
  8. މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްްކަތްކުރުން
  9. ދަރުމަވެރިން
  10. ވޮކޭޝަނަލް ޓްރެއިނިންގް
  11. ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމުށް މަސައްކަތްކުރުން
  12. ޒުވާނުން ބާރުވެރިކުރުމަށް އިތުރަށް މަސައްކަތްކުރުން
  13. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުން
  14. މަސްވެރިކަމުގެ ދާއިރާ
  15. ދަނޑުވެރިކަމުގެ ދާއިރާ
  16. މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް މަސައްކަތް ކުރުން
  17. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމަށް މަސައްކަތްކުރުން

މި އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ ނިމިގެން ދިޔަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަަލަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *