މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްެ ބޯޑު ޗެއާމަން ޑރ.މާޖިދު ބިން އަބްދުﷲ އަލްޤަސަބީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ރޮނގުން ގުޅުން ބަދަހިކުރުމަށްަ ސައޫދީއާއެކު އެއްބަސްވުމެއް

ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ރޮނގުން ގުޅުން ބަދަހިކުރުމަށްަ ސައޫދީއާއެކު އެއްބަސްވުމެއް

ރާއްޖެއާއި ސައޫދީ އަރަބިއްޔާގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ދާއިރާއިން ގުޅުން ވަރުގަދަ ކުރުމަށް ސައޫދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްއާއެކު ރާއްޖެއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނ ީމިނިސްޓަރު މުހައްމަދު ސައީދު ރިޔާދަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ކަމަށެވެ. މިކަމާ ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެއީ މި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބާރުލުމާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ފެށިގެން ދިޔަ އައު ބާބެއް ކަމަށެވެ.

މި އެމްއޯޔޫގެ ސަބަބުން ދެގައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރެވި ބޯޑަރު ހުރަސްކުރެވޭ ފޮރިން އިންވެސްޓުމެންޓުތައް އިތުރަށް ފުޅާކުރުމަށް މަގުފަހުވެގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ވިޔަފާރި އާއި ފަތުރުވެރިކަން އަދި އިމާރާތްކުރުން ފަދަ މުހިންމު ދާއިރާތަކުން ދެގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި އެމްއޯޔޫއަކީ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ޤާއިމްކޮށްފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި މި އެމްއޯޔޫގެ އެހީގައި ރައީސް ޑރ. މުއިއްޒުގެ ދުރުރާސްތާ އިޤްތިސާދީ ވިސްނުންފުޅު ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ސައީދުއެވެ. ސައޫދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް ބޯޑު ޗެއާމަން ޑރ. މާޖިދު ބިން އަބްދުﷲ އަލްޤަސަބީއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *