ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ނ އަތޮޅަށް ފުރާވަޑައިގަންނަވަނީ

ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ނ އަތޮޅަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ނ. އަތޮޅުގެ ބައެއް ރަށްތަކަށް  ފުރާވަޑައިގަންނަވާނެ ކަމަަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ނ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އެއަތޮޅު މާފަރު، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދޫއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

މިދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން އެއަތޮޅު އަތޮޅުކައުންސިލާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ރައްޔިތުންނާއި ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *