ބޯވަ ނަގަން މޫދަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިޔަށް

ބޯވަ ނަގަން މޫދަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިޔަށް

ބޯވަ ނަގަން މޫދަށް ފާބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދަން 91،000 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ހދ. ކުމުންދޫ އަރާއިރު، ޝުރޭހު ހަސަން ކިޔާ 21 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފް އިން ބުނީ ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށް ކަމަށެވެ.

ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.

އެގޮތުން ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ޑައިވްކޮށްގެން 55،000 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައެވެ. އަދި ސްނޯކްލިން ކޮށްގެން 36،000 އަކަމީޓަރުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ. ނަމަވެސް ޒުވާނާ ފެނިފައިނުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *