އިންޑިއާ ސިފައިން ތިބުން ދިފާއުކުރަން ވަރުދައްކާފަ މިއުޅެނީ މޯދީގެ ބޮޓުންކޮޅެއް – ހީނާ

އިންޑިއާ ސިފައިން ތިބުން ދިފާއުކުރަން ވަރުދައްކާފަ މިއުޅެނީ މޯދީގެ ބޮޓުންކޮޅެއް – ހީނާ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތަކާ ދެކޮޅަށް ވާހަކަ ދައްކައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާއުކުރަން ވަރުދައްކާފަ އުޅެނީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ބޮޓުންކޮޅެއް ކަމަށް ޕީޕީއެމްގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތްތަކަށް ފުރުސަތެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން ހީނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ ސިފައިނ ދިވެހިރާއްޖޭގައި ބައިތިއްބައިގެން ހިންގާ ޢައްދާރުވުމުގެ އަމަލުތަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"އިންޑިއާ ސިފައިން ތިބުން ދިފާއުކުރަން ވަރުދައްކާފަ މިއުޅެނީ މޯދީގެ ބޮޓުންކޮޅެއް. އެއީ ހަމަ ސީދާ ޚާއިނުން." – ހީނާ ވަލީދު

ހީނާ މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތްތަކާ ގުޅިގެން އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ގެންދަވަނީ އިންޑިއާ އައުޓް ހަރަކާތްތަކާ ގުޅިގެން އެކަން ކުށްވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *