ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެވެ.
ޖާބިރު ހައްޔަރު ކޮށްފައިވަނީ، ގއ އަތޮޅުގެ ރަށެއްގައި ހުންނަވަނިކޮށް ކަމަށާއި، އޭނާ ހައްޔަރު ކުރީ ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރުކޮށްފައި ވަނީ އޭނާގެ ކުންފުނި ޔޮޓް ޓްއާސް އާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ދައުވާ ކޮށްފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އެމައްސަލައިގެ އަޑުއެހުމެއް މިއަދު 13:15 ގައި ސިވިލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

