"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމައިފި

"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމައިފި

"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މި ޚިދުމަތަކީ، ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ގާއިމުކުރަން ނިންމާފައިވާ ޚިދުމަތެކެވެ..

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *